Friday, February 13, 2015

ރެސިޕީ: ޕާސްތާ ކާބޮނާރާ

ބޭނުންވާ ތަކެތި
1 ޕެކެޓް ޕާސްތާ
5 ބިސް (ގިރާފައި)
300 ގްރާމް ޗިކަން ބްރެސްޓް
1 ފިޔާ
6 ލޮނުމެދު
100 ގްރާމް ޕާމޭސަން ޗީޒް
1 ކުޑަ ޖޯޑު ފެން
100 ގްރާމް ބަޓަރު
5 ބޮޑު ސަމުސާ އޮލިވް އޮއިލް
2 ކުޑަ ސަމުސާ އަސޭމުރިސް (މުގުރާފައި)
2 ކުޑަ ސަމުސާ ލޮނު

ތައްޔާރުކުރާނެ ގޮތް
 ތެޔޮކޮޅަކާއި ލޮނުކޮޅެއް އަޅައިގެން ޕާސްތާ ފެނުކައްކާށެވެ.

 އެއް ސަމުސާ ލޮނާއި އަސޭމިރުސް އެއްކުރާށެވެ. އޭގެ ތެރޭގައި ކުކުޅުކޮޅު ބަހައްޓާށެވެ.

 ތެއްޔެއްގައި ބަޓަރުކޮޅު ވިރުވާލާށެވެ. އޭގެ ތެރެ އަށް، ކުކުޅުކޮޅު އަޅައި ރަނގަޅަށް ރޯފިލަންދެން ކައްކާށެވެ. ކުކުޅުކޮޅު ތައްޓަކަށް އަޅާފައި ބަހައްޓާށެވެ.

 ކުކުޅުކޮޅު ކައްކަން ބޭނުންކުރި ބަޓަރުކޮޅުގެ ތެރެ އަށް އޮލިވް، ފިޔާ އަދި ލޮނުމެދު އަޅައި ވަޅޯކޮށްލާށެވެ. ރަނގަޅަށް ވަޅޯވީމައި ފެން ޖޯޑެއް އަޅައިގެން ދެ މިނިޓް ވަންދެން ކައްކާށެވެ. އެ އަށް ފަހު، ކުޑަ ސަމުސަލެއްގެ ލޮނު އަޅާށެވެ.

 ކައްކާފައި ހުރި ޕާސްތާ އަޅާށެވެ. އޭގެ ތެރެ އަށް، ބިސް، ޕާމޭސަން ޗީޒް އަދި އަސޭމިރުސް އަޅައި ރަނގަޅަށް އެއްކުރާށެވެ. ބިސްކޮޅު ރަނގަޅަށް ރޯފިލަންދެން ކައްކާށެވެ.

No comments: